National Centre for Linguistic and Historical Research

ސިންގަޕޫރުގެ ރައީސް މާލޭ ހުކުރު މިސްކިތަށް ޒިޔާރަތް ކުރައްވައިފި (24 އޮކުޓޯބަރު 2007)

ސިންގަޕޫރުގެ ރައީސް ޞާޙިބުލްފަޚާމާ އެސް.އާރު. ނާދަން މިއަދު މާލޭ ހުކުރު މިސްކިތަށް ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނު މާލޭ ހުކުރު މިސްކިތަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސް އަލްފާޟިލް ޢައްބާސް އިބްރާހީމާއި މަރުކަޒުގެ ބައެއް އިސްވެރިންނެވެ. އެ މަނިކުފާނުގެ މި ޒިޔާރަތުގައި ހުކުރު މިސްކިތް ޒަމާނަށް ދެމެހެއްޓުމަށްޓަކައި ކޮށްފައިވާ މަސައްކަތްތަކާއި މިސްކިތުގެ ތާރީޚާބެހޭ މަޢުލޫމާރު އެރުވީ ޤައުމީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އިސްމާޢިލް ވަޙީދެވެ.


ސިންގަޕޫރުގެ ރައީސް މާލޭ ހުކުރު މިސްކިތަށް ޒިޔާރަތް ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން