މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ޒޯނު މުބާރާތް – 2009 (29 ޖަނަވަރީ 2009)
ދިވެހިބާހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބާއްވަމުން އަންނަ މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ޒޯން މުބާރާތަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި ހައްދުންމައްޗާއި ކޮޅުމަޑުލުގެ އިސްކޫލުތަކުގެ މުދައްރިސުންނަށް ބާއްވާ މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މި އަހަރު ޒޯނު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ކޮޅުމަޑުލާއި ހައްދުންމަތީގައެވެ. މި މަސައްކަތު ބައްދަލުވުން ތ. އަތޮޅުގައި ފައްޓަވައިދެއްވީ ވޭމަންޑޫ ސްކޫލުގެ އެކްޓިންގް ހެޑްމާސްޓަރ އަލްފާޟިލް ޚާލިދު ޢަބްދުﷲ އެވެ. އަދި ލ. އަތޮޅުގައި މަސައްކަތު ބައްދަލުވުން ހުޅުވައިދެއްވީ ލ. ފޮނަދޫ ކަތީބު އަލްޙާފިޒް އިބްރާހީމް މުޙައްމަދެވެ.
މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ހުނަރު އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މި މަސައްކަތު ބައްދަލުވުން ކުރިއަށްދާނީ މި ޖަނަވަރީ މަހުގެ 29 ން 31 އަށެވެ. ހައްދުންމަތީގެ 16 ސްކޫލަކުން 32 މުދައްރިސުންނާއި، ކޮޅުމަޑުލުގެ 12 ސްކޫލަކުން 24 މުދައްރިސުން ބައިވެރިވެއެވެ.
ދެ އަތޮޅުގައި ވަކިވަކީން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ބޭއްވޭނީ ހައްދުންމަތީގެ އިސްކޫލުތަކަށް ފޮނަދޫގައެވެ. ކޮޅުމަޑުލު ގެ މަސައްކަތު ބައްދަލުވުން ބޭއްވެނީ ވޭމަންޑޫގައެވެ.
ތިން ދުވަހަށް ދެމިގެންދާ މި މަސައްކަތު ބައްދަލުވުމުގައި ގަޑި ނަންގަވައިދެއްވާނީ މީގެ ކުރީންވެސް މިފަދަ ބައްދަލުވުންތަކުގައި އިރުޝާދުދެއްވައިފައިވާ ބޭފުޅުންނެވެ.
މިއަހަރުގެ މަޒުމޫނު ލިޔުމުގެ ޒޯނު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާރޗް 21 ގައި ކޮޅުމަޑުލުން، އަތޮޅު ތަޢުލީމީ މަރުކަޒާއި، ވޭމަންޑޫ ސްކޫލްގައެވެ. އަދި ހައްދުންމަތީން އަތޮޅު ތަޢުލީމީ މަރުކަޒާއި، އަތޮޅު މަދަރުސާގައެވެ. ވާހަކަދެއްކުމުގެ ޒޯނު މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2009 ގެ ޖޫން 4 ން 14 ށެވެ.
މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2009
މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގެ ޕްރޮގްރާމ