1430ހ. ވަނަ އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭ މެދުޒިޔާރަތް ޢާންމުނަށް ދައްކާލުމަށްޓަކައި ހުޅުވައިލައިފި.
29 މާޗް 2009 ވަނަ ދުވަހު މި އަހަރުގެ ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި ގުޅިގެން މާލޭ މެދުޒިޔާރަތް ޢާންމުނަށް ދައްކާލުމަށްޓަކައި ހުޅުވާލައިފިއެވެ. ޤައުމީ މަރުކަޒުގެ ފަރާތުން މެދުޒިޔާރަތް ޢާންމުނަށް ދައްކާލުމަށްޓަކައި ހުޅުވާލީ އެތަނަކީ ރާއްޖެ އިސްލާމްވުން ރަމްޒުކޮށްދޭ މުހިންމު ތާރީޚީ އާސާރީ ބިނާއަކަށް ވާތީއެވެ.
މެދުޒިޔާރަތް ޢާންމުނަށް ވަދެވޭގޮތަށް ހުޅުވާލާފައިވަނީ އެ ދުވަހުގެ ހެނދުނު 9:00 ން 12:00 އަށެވެ. އަދި މެންދުރު 2:00 ން ރޭގަނޑު 9:00 އަށެވެ. މެދުޒިޔާރަތް ބަލައިލުމަށްޓަކައި ގާތްގަނޑަކަށް 5000 މީހުން އެތަނަށް ޒިޔާރަތްކުރިއެވެ.
އެންމެ ފަހުން މެދުޒިޔާރަތް ޢާއްމުކޮށް ދައްކާލާފައިވަނީ 1968 އަހަރުއެވެ.