ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް 2009 (21 ފެބުރުއަރީ 2009)
ދުވަހާއި ގުޅިގެން ނެރުއްވި ސަރކިއުލަރ
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް 2009 (19 ފެބުރުއަރީ 2009)
ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހެވެ. ބައިނަލްއަޤްވާމީ ފެންވަރެއްގައި މާދަރީބަހުގެ ދުވަހެއް ފާހަގަކުރުމުގެ މަޤްޞަދަކީ ކޮންމެ ބައެއްގެ މާދަރީބަހަކީ ވެސް އަގުހުރި ތަރިކައެއްކަން މީހުންނަށް އަންގައިދީ އެބައެއްގެ މާދަރީބަސް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދީ އެ ކަމަށް މީހުން ޙަރަކާތްތެރިކުރުވުމެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ މާދަރީބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން، ކުރަން ހަމަޖައްސައިފައިވާ ކަންތައްތަކަކީ މާދަރީބަހާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ސަޕްލިމެންޓެއް ނެރުމާއި، މާދަރީބސް ހެޔޮގޮތުގައި ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކޮށް އެ ކަމަށް އިތުރު ސަމާލުކަމެއް ދިނުން އެދި މީޑިޔާގެ ފަރާތްތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ސިޓީއެއް ފޮނުވުމެވެ. އަދި އިސްކޫލުތަކުގެ 13 އަހަރުން ދަށުގެ އުމުރުފުރާގެ ދަރިވަރުންނަށް ބަނދި ހަދަން ދަސްކޮށްދޭ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން އޮންނާނީ ފެބްރުއަރީ 21ން މާޗް 12 އަށް ޖަމާލުއްދީން ސްކޫލުގައެވެ. އަދި މި ދުވަހާ ގުޅުވައިގެން ރާއްޖޭގެ އިސްކޫލުތަކުން ވެސް އެ އިސްކޫލުތަކުގައި އެކިއެކި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހަކީ 2000 ވަނަ އަހަރުން ފެށިގެން ޔުނެސްކޯގެ ފަރާތުން ފާހަގަކުރަމުންދާ ދުވަހެކެވެ. 21 ފެބްރުއަރީ ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމީ 1999 ވަނަ އަހަރު ނޮވެންބަރު މަހުގައި ބޭއްވުނު ޔުނެސްކޯގެ އާންމު ބައްދަލުވުމަކުންނެވެ. 21 ފެބްރުއަރީ، މާދަރީބަހުގެ ދުވަހުގެ ގޮތުގައި، ދުނިޔޭގެ ފެންވަރުގައި، ފާހަގަކުރަން ހުށަހެޅީ ބަންގްލަދޭޝްގެ ފަރާތުންނެވެ. މި ގޮތަށް ބަންގްލަދޭޝްގެ ފަރާތުން ހުށަހެޅީ 21 ފެބްރުއަރީ އަކީ 1953 ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝްގައި "ބަހަށްޓަކައި ޝަހީދުވި ޝަހީދުންގެ ދުވަހު"ގެ ގޮތުގައި ފާހަގަކުރަމުން އައިސްފައިވާ ދުވަހެއްކަމަށް ވާތީއެވެ.
ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް 2009 (18 ފެބުރުއަރީ 2009)
ސަޕްލިމެންޓު