ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2009 (14 ފެބުރުއަރީ 2009)
ކުރުވާހަކަ ލިޔުމުގެ 26 ވަނަ ޤައުމީ މުބާރާތުގެ ވާހަކަ ލިޔުން ފެބްރުއަރީ 14 ވީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 11:30 އަށް ބޭއްވިއްޖެއެވެ. ވާހަކަލިޔުން އޮތީ މާލޭ އިންގްލިޝް ސްކޫލު ހޯލުގައެވެ.
މި މުބާރާތުގެ އަމިއްލަ ފަރާތްތަކުގެ ބައިގައި ބައިވެރިވީ 4 ފަރާތުންނެވެ. އިސްކޫލުތަކުގެ ބައިގައި 16 އަހަރާ 21 އަހަރާ ދެމެދުގެ އުމުރުފުރާގައި 6 އިސްކޫލަކުން، 13 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާގައި 7 އިސްކޫލަކުން ބައިވެރިވިއެވެ.
މި އަހަރުގެ މުބާރާތުގައި އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ އިސްކޫލު ދަރިވަރުންނަށް އެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މި ގޮތުން މި ބައިގައި 16 އަހަރާ 21 އަހަރާ ދެމެދުގެ އުމުފުރައިން 23 ދަރިވަރުންނާއި 13 އަހަރާ 16 އަހަރާ ދެމެދުގެ އުމުރުފުރާއިން 18 ދަރިވަރުން ބައިވެރިވިއެވެ.
މި މުބާރާތުގެ އިސްކޫލުތަކުގެ ބައިގައި ކޮންމެ އިސްކޫލަކުން ވެސް ކޮންމެ އުމުރުފުރައަކުން ވެސް ވާހަކަ ލިޔާނީ 5 ދަރިވަރުންނެވެ.
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތަކީ ދިވެހި އަދަބިއްޔާތަށާއި ދިވެހިބަހުން ވާހަކަ ލިޔުމުގެ މައްޗަށް މީހުން ޝައުޤުވެރިކުރުވުމަށާއި، އެ ރޮނގުން ރަނގަޅު ލިޔުންތެރީންތަކެއް އުފެއްދުމަށާއި، ދިވެހިބަހުން ލިޔެފައިވާ ފެންވަރު ރަނގަޅު ވާހަކަތަކެއް ދިވެހި ދަރިންނަށް ލިބިދިނުމުގެ މަޤްޞަދުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކޮންމެ އަހަރަކު އެއްފަހަރު އަމިއްލަ ފަރާތްތަކަށާއި އިސްކޫލުތަކަށް ހުޅުވައިލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ބާއްވަން ފަށައިފައިވަނީ 1986 ވަނަ އަހަރުއެވެ.
ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތް 2009 (19 ޖަނަވަރީ 2009)
އިޢްލާން
ޤަވާޢިދު
ބައިވެރިވާން އެދޭފޯމު - އިސްކޫލުތަކުގެ ބައި
ބައިވެރިވާން އެދޭފޯމު - އަމިއްލަގޮތުން ބައިވެރިވާ އިސްކޫލު ދަރިވަރުން - 18 އަހަރުން ދަށް
ބައިވެރިވާން އެދޭފޯމު - އަމިއްލަގޮތުން ބައިވެރިވާ އިސްކޫލު ދަރިވަރުން - 18 އަހަރުން މަތި
ބައިވެރިވާން އެދޭފޯމު - އަމިއްލަ ފަރާތްތަކުގެ ބައި