ހުރަވީ ދުވަހުގެ ޚަބަރު (27 މެއި 2009)
2009 މެއި 28 ވަނަ ދުވަހަކީ މި އަހަރުގެ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހު ނޫސް ޖަޒީރާ އަދި ދިވެސް ނޫހުގައި މި މަރުކަޒުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓެއް ހިމެނުމާއި ދުވަހާއި ގުޅޭ ގޮތުން ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުން މި މަރުކަޒުގެ ޚާއްޞަ މުޝީރު އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދު ދެއްވާ ތަޤުރީރެއް ފޮނުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ޓެލެވިޜަން މޯލްޑިވްސްއިން ތަޤުރީރު ފޮނުއްވާނީ މެއި 28 ވަނަ ދުވަހުގެ ހެނދުނު7.35 ގައެވެ. ދިވެހިރާއްޖޭގެ އަޑުން ތަޤުރީރު ފޮނުއްވާނީ އެ ދުވަހުގެ ހެނދުނު 7 ގެ ޚަބަރަށް ފަހުގައެވެ. މި ތަޤްރީރާއި މަރުކަޒުން ނެރޭ ސަޕްލިމެންޓް މި މަރުކަޒުގެ ވެބްސައިޓުގައި އެ ދުވަހު ޝާއިޢުކުރެވޭނެއެވެ.
ހުރަވީ ދުވަހަކީ ފާތިޙުންގެ ފަތަޙަތަކުގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ. މި ދުވަސް ނިސްބަތްވަނީ ދޮންބަންޑާރައިންނަށެވެ. އެއީ ހޮޅިންގެ އަތްދަށުން އެ މަނިކުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ. އެއީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހުއެވެ.
ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ ހިޖުރައި 1400 ވަނަ އަހަރުން ފެށިގެންނެވެ.
ހުރަވީ ދުވަސް 1430 - ދޮންބަންޑާރައިންގެ ޝަޚްސިއްޔަތު - ލިބިދޭ ސިޔާސީ ޢިބްރަތާއި ފިލާވަޅު
ލިޔުނީ: އަލްފާޟިލް މުޙައްމަދު ވަޙީދު ނަދްވީ - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑެޕިއުޓީ ޑިރެކްޓަރ