ލިޔުންތެރީންގެ ދުވަސް 2009 (8 ޖުލައި 2009)
ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް ފާހަގަ ކުރަނީ ލިޔުންތެރީންނަށް ހިތްވަރުދީ ލިޔުންތެރީންގެ ޚިދުމަތް ފާހަގަކުރުމަށެވެ.
ލީފުލެޓު ޑައުންލޯޑު ކުރައްވާ - ފުރަތަމަ ސަފުހާ
ލީފުލެޓު ޑައުންލޯޑު ކުރައްވާ - ދެވަނަ ސަފުހާ
ލިޔުންތެރީންގެ ފޮތް މައުރަޒު 2009 (6 ޖުލައި 2009)
މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން ބާއްވާ "ލިޔުންތެރީންގެ ފޮތްމައުރަޒު" ހުޅުވުމުގެ ރަސްމިއްޔާތު މާދަމާ 7 ޖުލައި 2009 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އޮންނާނެއެވެ. މި ވަގުތުގައި ވަނުމަށް ހަމަޖެހިފައިވަނީ މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ދައުވަތު އެރުވިގެން ވަޑައިގަންނަވާ ފަރާތްތަކަށާއި މީޑިއާގެ ފަރާތްތަކަށެވެ.
ޚަބަރު ޑައުންލޯޑު ކުރައްވާ
ލިޔުންތެރީންގެ ފޮތް މައުރަޒު 2009 (25 ޖޫން 2009)
މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅުވައިގެން "ލިޔުންތެރީންގެ ފޮތްމައުރަޒު" މިއަހަރު ބާއްވާގޮތަށް ހަމަޖައްސައިފީމެވެ. މިއަހަރުގެ ފޮތް މައުރަޒުންވެސް ތަފާތުކަންތައްތައް ތަކެއް ފެނިގެންދާނެއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް "ކުޑަކުދީންގެ އަށީ'ގެ ޙަރަކާތްތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އާޘާރީތަންތަނާތަކެއްޗާ ބެހޭ ފޮޓޯ މައުރަޒެއްވެސް ހިމެނުމަށްވަނީ ހަމަޖެހިފައެވެ. ލިޔުންތެރީންގެ ފޮތް މައުރަޒު އޮންނާނީ ޖުލައި 7 ން 11 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މި މައުރަޒުގައި ބައިވެރިވެފައިވަނީ އަމިއްލައަށް ފޮތްއުފައްދާ 7 ފަރާތަކުންނާއި ޗާޕުކުރާ 3 ފަރާތަކުންނާއި ފޮތްވިއްކާ ފިހާރައިގެ ގޮތުން 5 ފަރާތަކުންނާއި މި މަރުކަޒާއެކު ސަރުކާރުގެ 5 އޮފީހަކުންނެވެ.
ލިޔުންތެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައިމަހުގެ 8 ވަނަ ދުވަހެވެ. ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ރާއްޖޭގައި އެންމެ ފުރަތަމަ ޗާޕުކޮށްގެން ނެރެވުނު މަޖައްލާ އަލްއިސްލާޙުގެ ފުރަތަމަ އަދަދު ނުކުތް ދުވަހެވެ. އަލްއިސްލާޙުގެ ފުރަތަމަ އަދަދު ނުކުތީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގައި ލިޔުންތެރީން ދުވަސް ފާހަގަ ކުރަން ފެށީ 1993 ވަނަ އަހަރުން ފެށިގެންނެވެ. ލިޔުންތެރީންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ލިޔުންތެރީންގެ އަގުވަޒަން ކުރުމާއި ލިޔުންތެރީންނަށް ހިތްވަރުދީ ރާއްޖޭގެ ލިޔުންތެރިކަން ކުރިއަށް ގެންދިއުމެވެ. ލިޔުންތެރީންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ދުވަސް ފާހަގަކުރަން ފެށީއްސުރެ ކޮންމެ އަހަރަކުވެސް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ތަފާތު ހަރަކާތްތައް ހިންގަމުން ގެންދެއެވެ.
ލިޔުންތެރީންގެ ފޮތް މައުރަޒު 2009 (4 ޖޫން 2009)
ލިޔުންތެރީންގެ ފޮތް މައުރަޒުގެ ގަވާއިދު 2009
ލިޔުންތެރީންގެ ފޮތް މައުރަޒު 2009 - ބައިވެރިވާން އެދޭ ފޯމު