އިސްކޫލުތަކުގެ 13 އަހަރުން ދަށުގެ ދަރިވަރުންނަށް ބަނދި ހަދަން ދަސްކޮށްދިނުމާ ބެހޭ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުން - 2009


މި އަހަރުގެ ޤައުމީ ޅެން ހެދުމުގެ މުބާރާތުގެ އިސްކޫލުތަކުގެ ދަރިވަރުންގެ ބައިގައި ބައިވެރިވާ އިސްކޫލުތަކުގެ 13 އަހަރުންދަށުގެ އުމުރުފުރާގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ބޭއްވުމަށް ހަމަޖެހިފައިވާ ބަނދި ހަދަން ދަސްކޮށްދިނުމާ ބެހޭ މަސައްކަތު ބައްދަލުވުން މި ފެބްރުއަރީ މަހުގެ 21 ވަނަދުވަހު ( މާދަރީ ބަހުގެ ދުވަހު ) ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ފެބްރުއަރީ 21 ން މާޗް 12 ށް ބޭއްވުމަށް ހަމަޖެހިފައިވާ މި މަސައްކަތު ބައްދަލުވުމުގައި 9 އިސްކޫލަކުން 54 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި މަސައްކަތު ބައްދަލުވުން ކުރިއަށް ދާނީ ޖަމާލުއްދީން ސްކޫލްގެ އޭ. ވީ. ރޫމްގައެވެ.

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ޖަލްސާ ފެބްރުއަރީ 21 ވަނަދުވަހުގެ ހަވީރު 5:00 ގައި ޖަމާލުއްދީން އިސްކޫލުގެ ހޯލުގައި އޮންނާނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި އިރުޝާދުދެއްވާނީ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމެވެ.