ވާހަކަ ދެއްކުމުގެ ޒޯނު މުބާރާތް - 2008
ޚަބަރު - 2008 ވަނަ އަހަރުގެ މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ޒޯނު މުބާރާތުގެ ނަތީޖާ ފާޅުކޮށް،
ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދީފި
(16 ޖޫން 2008)
ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީ ސްކޫލްތަކަށް އަމާޒުކޮށްގެން ބޭއްވި މަޒުމޫނު ލިޔުމާއި ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވިއްޖެއެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އެމްޕްލޯއިމަންޓް އެންޑް ސޯޝަލް ސެކިޔުރިޓީ ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ދައުލަތުގެ މިނިސްޓަރު އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނެވެ.
ޚަބަރު (12 ޖޫން 2008)
ތިލަދުންމަތީ އުތުރުބުރިއާއި ދެކުނު ބުރިއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް ވަނީ 10 ޖޫން 2008 ގައި ނިމިފައެވެ.
އިތުރު ޙަރަކާތެއްގެ ގޮތުން މެހެމާނުންގެ ވާހަކަދެއްކުން ރޭގައި ކުރިއަށް ދިޔައެވެ. މިބައިގައި ބައިވެރިވެފައި ވަނީ 13 ބައިވެރިންނެވެ. މެހެމާނުންގެ ބައިގައި ވާހަކަ ދެއްކެވީ ސްކޫލުތަކުގެ ޓީޗަރުންނާއި ޕީ. ޓީ. އޭ. ގެ މެންމްބަރުންނެވެ. މީގެ އިތުރުން ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދު ރަޝީދު އާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް ވާހަކަފުޅު ދެއްކެވިއެެވެ.
މިއަދު ހެނދުނު 9:00 ގައި މުބާރާތުގެ ހުރިހާ ބައިވެރިން ހއ. އުތީމަށް ޒިޔާރަތްކުރިއެވެ. މި ދަތުރުގެ ބޭނުމަކީ މުބާރާތުގެ ބައިވެރިންނަށް އުތީމުގައި ހުރި ބޮޑުތަކުރުފާނާއި ގުޅުން ހުރި ތަންތަން ދައްކައިލައި އެތަންތަނާއި ބެހޭ މަޢުލޫމާތު ދިނުމެވެ.
މިރޭ 8:30 ގައި، އަދަބީ ގުޅުމުގެ ނަމުގައި ބާއްވާ، އަދަބީ ޙަރަކާތްތަކެއް ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮންނާނެއެވެ. މިކަމުގައި ޙަރަކާތްތެރިވާނީ މުބާރާތުގައި ބައިވެރިވި އިސްކޫލުތަކުގެ ދަރިވަރުންނެވެ.
ޚަބަރު (11 ޖޫން 2008)
ތިލަދުންމަތީ އުތުރުބުރިއާއި ދެކުނު ބުރިއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ރޭ ނިމިއްޖެއެވެ. މި މުބާރާތުގައި ރޭ ވާހަކަދައްކާފައިވަނީ 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާކުދީންނެވެ.
އިއްޔެ ކުރިއަށް ދިޔަ އިތުރު ޙަރަކާތްތަކުގެ ތެރޭގައި މި މުބާރާތާއި ގުޅިގެން ބާއްވާ އަދަބީ ގުޅުމުގެ ފަރިތަކުރުންތައް ދަރިވަރުން ކުރިއަށް ގެންދިޔައެވެ.
މިއަދު 9:00 ން 10:00 ށް މުބާރާތުގައި ބައިވެރިވި އިސްކޫލުތަކުގެ ދަރިވަރުންނާއި މުދައްރިސުން ދިވެހި ބަހާ ބެހޭގޮތުން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދިނުމުގެ ސެޝަނެއް ބޭއްވުނެވެ. މި ސެޝަނުގައި ހުށަހެޅި ސުވާލުތަކަށް ޖަވާބުދެއްވީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެވެ. 11:00 ން 12:00 އަށް އަތޮޅު ހޮސްޕިޓަލުގެ ފަރާތުން "ހެލްތު އެންޑް ޑިސިޕްލިން" އާއި ބެހޭގޮތުން މަޢުލޫމާތު ދެއްވިއެވެ. އަދި މި ސެޝަނުގައި ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ދެވުނެވެ. މިއަދު ވެސް އަދަބީ ގުޅުމުގެ ފަރިތަކުރުންތައް ކުރިއަށްދާނެއެވެ. މީގެ އިތުރުން މި މުބާރާތާއި ގުޅިގެން ބާއްވާ ވަރަށް ޚާއްޞަ ޙަރަކާތެއްކަމަށްވާ މެހުމާނުންގެ ވާހަކަދެއްކުން މިރޭ 9:00 ގައި އޮންނާނެއެވެ.
ޚަބަރު (10 ޖޫން 2008)
ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ގެ ވާހަކަދެއްކުމާއި، މި މުބާރާތް ހިނގަމުންދާ ދުވަސްތަކުގައި ބާއްވާ އިތުރު ޙަރަކާތްތައް އިއްޔެވެސް ކުރިއަށް ގެންދެވުނެވެ.
އިއްޔެގެ ހެނދުނު 9:00 ން 10:00 ށް " ބޮޑުތަކުރުފާނުގެ ހަނދާންތަކާ" ބެހޭގޮތުން މުބާރާތުގެ ބައިވެރީންނާއި މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. ދަރިވަރުންނާއި ޓީޗަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވައި ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. އަދި 11:00 ން 12:00 ށް 'ދިވެހިބަހާބެހޭ ގޮތުންނާއި ދިވެހިބަސް ކިޔަވައިދިނުމާ ބެހޭގޮތުން' މުދައްރިސުންނަށް ދިމާވާ މައްސަލަތަކާމެދު މުދައްރިސުން އޮޅުންފިލުއްވަވަން ބޭނުންފުޅުވާ ކަންކަމާމެދު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ދާނެއެވެެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވާނީ ބަހުގެެ އުސްތާޒެއްކަމަށްވާ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. މި ސެޝަނަށް ފަހު މުބާރާތުގެ ބައިވެރިވި އިސްކޫލުތަކުގެ މުދައްރިސުންނާއި ބައްދަލުކުރެވުނެވެ. މި ބައްދަލުވުމުގައި އަދަބީ ގުޅުމުގެ ޙަރަކާތްތައް ކުރިއަށް ގެންދާނޭގޮތާއި މެހުމާނުން ވާހަކަދެއްކުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިއަދު ކުރިއަށްދާ އިތުރު ޙަރަކާތްތަކުގެ ތެރޭގައި އަދަބީ ގުޅުމުގެ ފަރިތަކުރުންތައްް ބޭއްވޭނެއެވެ.
ވާހަކަދެއްކުމުގެ ޒޯނު މުބާރާތުގައި އިއްޔެ ވާހަކަދައކާފައިވަނީީ 13 އަހަރުންދަށުގެ އުމުރުފުރައިގެއެންމެ ފަހު ބައިވެރީންނެވެ. މިރޭ ވާހަކަދައްކާނީ މި މުބާރާތުގެ 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރައިގެ އެންމެ ފަހު ބައިވެރީންނެވެ. މިރޭގެ ދަންފަޅިފޭށޭނީ 8:30 ގައެވެ.
ޚަބަރު (9 ޖޫން 2008)
ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ގެ ވާހަކަދެއްކުމާއި، މި މުބާރާތް ހިނގަމުންދާ ދުވަސްތަކުގައި ބާއްވާ އިތުރު ޙަރަކާތް މިއަދު އެބަ ކުރިއަށް ދެއެވެ.
މިއަދު 9:00 ން 10:00 ށް " ބޮޑުތަކުރުފާނުގެ ހަނދާންތަކާ" ބެހޭގޮތުން މުބާރާތުގެ ބައިވެރީންނާއި މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. ދަރިވަރުންނާއި ޓީޗަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވީ އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރިސާރޗް އޮފިސަރ ޓްރޭނީ އަލްފާޟިލް އިސްމާޢީލް ނަޞްރެވެ. އަދި 11:00 ން 12:00 ށް 'ދިވެހިބަހާބެހޭ ގޮތުންނާއި ދިވެހިބަސް ކިޔަވައިދިނުމާ ބެހޭގޮތުން' މުދައްރިސުންނަށް ދިމާވާ މައްސަލަތަކާމެދު މުދައްރިސުން އޮޅުންފިލުއްވަވަން ބޭނުންފުޅުވާ ކަންކަމާމެދު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ދާނެއެވެެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވާނީ ބަހުގެެ އުސްތާޒެއްކަމަށްވާ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. މި ސެޝަނަށް ފަހު މުބާރާތުގެ ބައިވެރިވި އިސްކޫލުތަކުގެ މުދައްރިސުންނާއި ބައްދަލުކުރެވޭނެއެވެ. މި ބައްދަލުވުމުގައި އަދަބީ އީދުގެ ޙަރަކާތްތައް ކުރިއަށް ގެންދާނޭގޮތާއި މެހުމާނުން ވާހަކަދެއްކުމާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.
ވާހަކަދެއްކުމުގެ ޒޯނު މުބާރާތުގައި މިއަދު ހަވީރު ވާހަކަދައްކާނީ 13 އަހަރުންދަށުގެ އުމުރުފުރައިގެ 9 ދަރިވަރެކެވެ. މިރޭ ވާހަކަދައްކާނީ މި މުބާރާތުގެ 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރައިގެ 8 ދަރިވަރެކެވެ. ހަވީރުގެ ދަންފަޅި ފެށޭނީ 4:15 ގައެވެ. ރޭގަނޑުގެ ދަންފަޅިފޭށޭނީ 8:30 ގައެވެ.
ޚަބަރު (8 ޖޫން 2008)
ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ގެ ވާހަކަދެއްކުން އިއްޔެއާއި ރޭ ވެސް ކުރިއަށް ގެންދެވުނެވެ. މި މުބާރަތުގައި އިއްޔެ ވާހަކަދައްކާފައިވަނީ 13 އަހަރުންދަށުގެ އުމުރުފުރައިގެ 9 ދަރިވަރެކެވެ. އަދި ރޭ ވާހަކަދައްކާފައިވަނީ 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާއިން 10 ދަރިވަރެކެވެ. ރޭ ވަނީ މި މުބާރާތުގެ 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރައިގެ ދަރިވަރުންގެ ވާހަކަދެއްކުން ނިމިފައެވެ.
މި މުބާރާތް ހިނގަމުންދާ ދުވަސްތަކުގައި ބާއްވާ އިތުރު ޙަރަކާތްތަކުގެތެރެއިން މުދައްރިސުންނާއި ދަރިވަރުންނަށް ' ތާރީޚާއި ތަރިކަ' އާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް އިއްޔެ ކުރިއަށް ގެންދެވުނެވެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވީ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްކަމުގައިވާ އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. މި ސެޝަނުގައި ޕްރެޒެންޓޭޝަން ހުށަހެޅުމާއި، ބައިވެރީންގެ ސުވާލުތަކަށް ޖަވާބުދިނުންވެސް އޮތެވެ.
އަދި މިއަދު 9:00 ން 10:00 ށް " އަސާރީ ދަތުރު" އާ ބެހޭގޮތުން މުބާރާތުގެ ބައިވެރީންނާއި މުދައްރިސުންނަށް މަޢުލޫމާތު ދެވުނެވެ. ދަރިވަރުންނާއި ޓީޗަރުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވީ އަލްފާޟިލާ ނަސީމާ މުޙައްމަދެވެ. ޕްރެޒެންޓޭޝަން ހުށަހަޅުއްވައިދެއްވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރިސާރޗް އޮފިސަރ ޓްރޭނީ އަލްފާޟިލް އިސްމާޢީލް ނަޞްރެވެ. އަދި 11:00 ން 12:00 ށް 'ދިވެހިބަހާބެހޭ ގޮތުންނާއި ދިވެހިބަސް ކިޔަވައިދިނުމާ ބެހޭގޮތުން' މުދައްރިސުންނަށް ދިމާވާ މައްސަލަތަކާމެދު މުދައްރިސުން އޮޅުންފިލުއްވަވަން ބޭނުންފުޅުވާ ކަންކަމާމެދު މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދެވުނެވެ. މި ސެޝަނުގައި މަޢުލޫމާތު ދެއްވީ ބަހުގެެ އުސްތާޒެއްކަމަށްވާ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. އަދި ޅެންވެރިކަމާބެހޭ ގޮތުން ކުރެވުނު ބައެއް ސުވާލުތަކަށް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު ވެސް ޖަވާބުދެއްވެވިއެވެ.
ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ގެ ވާހަކަދެއްކުން އިއްޔެއާއި ރޭ ވެސް ކުރިއަށް ގެންދެވުނެވެ. މި މުބާރަތުގައި އިއްޔެ ވާހަކަދައްކާފައިވަނީ 13 އަހަރުންދަށުގެ އުމުރުފުރައިގެ 9 ދަރިވަރެކެވެ. އަދި ރޭ ވާހަކަދައްކާފައިވަނީ 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާއިން 10 ދަރިވަރެކެވެ. ރޭ ވަނީ މި މުބާރާތުގެ 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރައިގެ ދަރިވަރުންގެ ވާހަކަދެއްކުން ނިމިފައެވެ.
ވާހަކަދެއްކުމުގެ ޒޯނު މުބާރާތުގެ ވާހަކަދެއްކުން މިއަދާއި މިރޭ ވެސް ކުރިއަށް ދާނެއެވެ. މިއަދު ވާހަކަދައްކާނީ 13 އަހަރުންދަށުގެ އުމުރުފުރައިގެ 9 ދަރިވަރެކެވެ. މިރޭ ވާހަކަދައްކާނީ މި މުބާރާތުގެ 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރައިގެ 8 ދަރިވަރެކެވެ. ހަވީރުގެ ދަންފަޅި ފެށޭނީ 4:15 ގައެވެ. ރޭގަނޑުގެ ދަންފަޅިފޭށޭނީ 8:30 ގައެވެ.
ޚަބަރު (7 ޖޫން 2008)
ހއ. އަތޮޅާއި ހދ. އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ވާހަކަދެއްކުމުގެ ޒޯނު މުބާރާތް 2008 ރޭ ފެށިއްޖެއެވެ. މި މުބާރާތް ފެށުމުގެ ގޮތުން ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދައުލަތުގެ ސީނިއަރ މިނިސްޓަރ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. މީގެ އިތުރުން މި ޖަލްސާގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ދިވެހި ދައުލަތުގެ ވަޒީރު އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމާއި، ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާ އަލްފާޟިލް މުޙައްމަދަރަޝީދާއި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބައެއް ވެރީންނާއި، އަތޮޅުއޮފީހާއި ރަށުއޮފީހުގެ އިސް ވެރީން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޖަލްސާގައި މަރްޙަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. އެއަށްފަހު ތިލަދުންމަތީ އުތުރުބުރީ އަތޮޅުވެރިޔާ ވާހަކަފުޅުދެއްކެވިއެވެ. މުބާރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ މުބާރާތުގެ ޝަރަފުވެރިމެހުމާނެވެ. ޝަރަފުވެރިމެހުމާނުގެ ވާހަކަފުޅުގައި ވާހަކަދެއްކުންތެރިކަން ނުވަތަ ބަސްމޮށުންތެރިކަމުގެ ފަންނަކީ ވަރަށް އަގުހުރި ފަންނެއްކަމާއި މި ފަންނަކީ އަޅުގަނޑުމެން އެންމެންވެސް ކުރިއަށްދާން ބެނުންވާނޭ ފަންނެއްކަމަށް ވިދާޅުވިއެވެ. އަދި ތިމާގެ ހިތުގައި ހިނގާ ޝުޢޫރުތަކާއި ޚިޔާލުތައް ސާފުސީދާ ބަސްތަކެއްގެ ސިފައިގައި އަނެކާއާ ހަމައަށްފޯރުކޮށްދެވުމަކީ ލިބޭ ވަރަށްބޮޑު އުފަލެއްކަމާއި، އެއާ ޚިލާފަށް ދައްކަން ބޭނުންވާ ވާހަކަތައް ހިތުގައިއޮވެ އެވާހަކަތަކަށް ބަސްތަކެއްގެ ސިފަ ގެންނަން ނޭނގުމަކީ ލިބޭ ވަރަށްބޮޑު ހިތާމައެއްކަމަށް ވިދާޅުވިއެވެ. އެހެންކަމުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ކުރިއަށްދިއުމަކީ ކޮންމެ މީހަކަށްވެސް ބޭނުންތެރިކަމެއްކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން މަދަރުސާތަކުގެ ދަރިވަރުންނަށް ރީތިބަހުން، މާތްބަހުން ވާހަކަދެއްކުމަށް ނަސޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. މުބަރާތް ހުޅުއްވައިދެއްވުމުގެ ގޮތުން ޝަރަފުވެރިމެހުމާނުގެ ވާހަކަފުޅު ދެއްކެވުމަށްފަހު، ދެން ވާހަކަފުޅުދެއްކެވީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ދިވެހި ދައުލަތުގެ ވަޒީރު އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި މި މުބާރާތަކީ ވަރަށްޚާއްޞަ މުބާރާތެއްކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ކަމެއް މުހިންމުވުމުގައި އެކަމެއް އޮންނަވަގުތާއި އެކަމެއް އޮންނަތަނެއް ވެސް ސަބަބަކަށްވެދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި މުބާރާތް މިފެށޭ ރެއަކީ ހުރަވީ ވިލޭރެއަށްވީކަމީ މި މުބާރާތަށް ވަރަށްބޮޑަށް ޤައުމީ އަސަރުކުރުވާކަމެއްކަމަށެވެ. އަދި ދޮންބަންޑާރައިން ރާއްޖެ ސަލާމަތްކުރެއްވިފަހުން ހޮޅީން ރާއްޖެއައި ފަހަރު ދޮންބަންޑާރައިން ހޮޅީން ބަލިކުރެއްވީ އެމީހުން ހއ. ދޮނަކުޅީގައި ތިއްބާކަމުން އެ ހާދިސާ މިއަތޮޅާ ގުޅިގެންދާކަމަށެވެ. އެހެންކަމުން މިރޭ މި އަތޮޅުގައި މި މުބާރާތް ފެށޭތީ މި މުބާރާތަށް ޚާއްޞަކަމެއް ލިބިގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި އަތޮޅުގައި ހިނގާފައިވާ މިފަދަކަންކަމުން މި އަތޮޅުގެ ދަރީންގެ ހިތްތަކުގައި ޤައުމީ ރޫޙު އާލާވޭވެ ހުންނާނެކަމަށެވެ.
ރޭގެ މި ޖަލްސާއަށްފަހު މި މުބާރާތުގެ 16 އަހަރާއި 21 އަހަރާދެމެދުގެ 4 ދަރިވަރެއްގެ ވާހަދެއްކުންވެސް ކުރިއަށް ގެންދެވުނެވެ. މި މުބާރާތުގެ ވާހަކަދެއްކުން މި މަހުގެ 13 އާ ހަމައަށް ކުރިއަށް ދާނެއެވެ. މި ދުވަސްތަކުގައި ދިވެހިރާއްޖޭގެ ތާރީޚާއި ތަރިކައާއި އަދި ދިވެހިބަހާބެހޭގޮތުންނާއި ބަސްކިޔަވައިދެއްވުމާބެހޭގޮތުން ބަހުގެ އުސްތާޒުން މަޢޫލޫމަތުދެއްވާ ސެޝަންތަކެއް މުބާރާތުގެ ބައިވެރީންނަށާއި އިސްކޫލުތަކުގެ ޓީޗަރުންނަށް ކުރިއަށްގެންދެވޭނެއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ނެރެފައިވާ އަދަބީ އަދި ތާރީޚީ ތަފާތު ފޮތްތައް ވަރަށް ހެޔޮއަގެއްގައި ބައްލަވައިގަންނަވަން ލިބިވަޑައިގަންނަވާނެއެވެ.
ޚަބަރު (5 ޖޫން 2008)
ވާހަކަދެއްކުމުގެ ތިންވަނަ ޒޯނު މުބާރާތް މި މަހުގެ 6 ން 13 ށް ހއ. ދިއްދޫގައި ބޭއްވޭނެއެވެ. މި މުބާރާތް މި އަހަރު ޚާއްޞަ ކުރެވިފައިވަނީ ހއ، އަދި ހދ އަތޮޅުގެ އިސްކޫލުތަކުގެ ދަރިވަރުންނަށެވެ.
ތިން ޢުމުރުފުރާއަކަށް ހުޅުވާލައިގެން ބޭއްވޭ މި މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވެފައިވަނީ 5 އިސްކޫލަކުން 57 ދަރިވަރުންނެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާގައި 5 އިސްކޫލަކުން 22 ދަރިވަރުންނާއި، 13 އަހަރާއި 16 އަހަރާދެމެދުގެ ޢުމުރުފުރާގައި 5 އިސްކޫލަކުން 21 ދަރިވަރުން އަދި 16 އަހަރާއި 21 އަހަރާދެމެދުގެ ޢުމުރުފުރާގައި 4 އިސްކޫލަކުން 14 ދަރިވަރުންނެވެ.
ހދ. އަތޮޅު ބައިވެރިވެފައިވަނީ 6 އިސްކޫލަކުން 54 ދަރިވަރުންނެވެ. އެއީ 13 އަހަރުން ދަށުގެ ޢުމުރުފުރާގައި 5 އިސްކޫލަކުން 24 ދަރިވަރުންނާއި، 13 އަހަރާއި 16 އަހަރާދެމެދުގެ ޢުމުރުފުރާގައި 4 އިސްކޫލަކުން 20 ދަރިވަރުން އަދި 16 އަހަރާއި 21 އަހަރާދެމެދުގެ ޢުމުރުފުރާގައި 2 އިސްކޫލަކުން 10 ދަރިވަރުންނެވެ.
މި މުބާރާތުގެ ޝަރަފްވެރި މެހެމާނަކީ ދައުލަތުގެ ސީނިއަރ މިނިސްޓަރ އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 13 ވާ ހުކުރުދުވަހުގެ ރޭ 8:30 ގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެ ޖަލްސާގައި މަޒުމޫނު ލިޔުމުގެ ޒޯނު މުބާރާތުގެ ނަތީޖާވެސް ފާޅުކުރެވޭނެއެވެ.
އިޢްލާން
ދާއިރާތައް
ޤަވާޢިދު
ބައިވެރިވާން އެދޭފޯމު