މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް 2008
މި މަރުކަޒުން އިންތިޒާމުކޮށްގެން ބާއްވާ މަޒުމޫނު ލިޔުމުގެ ޤައުމީ މުބާރާތް 2008 އޭޕްރީލް 5 ވީ ހޮނިހިރު ދުވަހު ހެނދުނު 9:00 ގައި މާލޭ އިންގްލިޝް ސްކޫލުގެ ހޯލުގައި ބޭވިއްޖެއެވެ.
މި މުބާރާތަކީ އިސްކޫލުތަކަށާއި އަމިއްލަފަރާތްތަކަށް ހުޅުވާލައިގެން ބޭއްވޭ މުބާރާތެކެވެ. އިސްކޫލުތަކަށް ހުޅުވާލެވިފައިވަނީ 3 އުމުރުފުރާއަކަށެވެ. އެއީ 13 އަހަރުންދަށް، 13 އަހަރާއި 16 އަހަރާ ދެމެދު އަދި 16 އަހަރާއި 21 އަހަރާ ދެމެދެވެ. މި މުބާރާތުގައި އެހެން އަހަރުތަކާ ޚިލާފަށް އިސްކޫލުތަކުގެ ދަރިވަރުންނަށް ވެސް އުމުރުފުރާތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ޖުމުލަ 150 ފަރާތަކުން ބައިވެރިވާ މި މުބާރާތުގައި އިސްކޫލުތަކުގެ 13 އަހަރުންދަށުގެ ބައިގައި 9 އިސްކޫލަކުން 43 ދަރިވަރުންނާއި 13 އަހަރާއި 16 އަހަރާ ދެމެދުގެ ބައިގައި 9 އިސްކޫލަކުން 45 ދަރިވަރުންނާއި 16 އަހަރާއި 21 އަހަރާ ދެމެދުގެ ބައިގައި 5 އިސްކޫލަކުން 25 ދަރިވަރުންވަނީ ބައިވެރިވެފައިއެވެ. އަމިއްލަ ފަރާތްތަކުގެ ބައިން 13 އަހަރުން ދަށުގެ އުމުރުފުރާގައި 19 ކުދިންނާއި، 13 އަހަރާއި 16 އަހަރާ ދެމެދުގެ އުމުރުފުރާގައި 3 ކުދިންނާއި، 16 އަހަރާ 21 އަހަރާ ދެމެދުގެ އުމުރުފުރާގައި 12 ކުދިންނާއި، 21 އަހަރުން މަތީގެ އުމުރުފުރާގައި 3 ފަރާތަކުން ބައިވެރިވެފައިވެއެވެ.