National Centre for Linguistic and Historical Research

މަޒުމޫނު ލިޔުމުގެ ތިންވަނަ ޒޯނު މުބާރާތް - (08 މާޗު 2008)

މަޒުމޫނު ލިޔުމުގެ ތިންވަން ޒޯނު މުބާރާތް މިއަދު 10:30ން 13:00 ބާއްވައިފިއެވެ. މި މުބާރާތް މި އަހަރު ޚާއްޞަ ކުރެވިފައިވަނީ ހއ، އަދި ހދ އަތޮޅުގެ އިސްކޫލުތަކުގެ ދަރިވަރުންނަށެވެ.

ތިން އުމުރުފުރާއަކަށް ހުޅުވާލައިގެން ބޭއްވުނު މި މުބާރާތުގައި ހއ. އަތޮޅުން ބައިވެރިވެފައިވަނީ 10 އިސްކޫލަކުން 81 ދަރިވަރުންނެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާގައި 9 އިސްކޫލަކުން 27 ދަރިވަރުންނާއި، 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާގައި 10 އިސްކޫލަކުން 30 ދަރިވަރުން އަދި 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާގައި 8 އިސްކޫލަކުން 24 ދަރިވަރުންނެވެ.

ހދ. އަތޮޅު ބައިވެރިވެފައިވަނީ 11 އިސްކޫލަކުން 81 ދަރިވަރުންނެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާގައި 10 އިސްކޫލަކުން 30 ދަރިވަރުންނާއި، 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާގައި 9 އިސްކޫލަކުން 27 ދަރިވަރުން އަދި 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާގައި 8 އިސްކޫލަކުން 24 ދަރިވަރުންނެވެ.

މުޅި މުބާރާތުގައި 13 އަހަރުން ދަށުގެ އުމުރުފުރާގައި މަޒުމޫނު ލިޔެފައިވަނީ 57 ދަރިވަރުން، 13 އަހަރާއި 16 އަހަރާދެމެދުގެ އުމުރުފުރާގައި މަޒުމޫނު ލިޔެފައިވަނީ 57 ދަރިވަރުން އަދި 16 އަހަރާއި 21 އަހަރާދެމެދުގެ އުމުރުފުރާގައި މަޒުމޫނު ލިޔެފައިވަނީ 48 ދަރިވަރުންނެވެ. މި މުބާރާތުގައި މި ދެއަތޮޅުން 162 ދަރިވަރުން މަޒުމޫނު ލިޔެފައި ވެއެވެ.

މި މުބާރާތް ބޭއްވިފައިވަނީ މި ދެ އަތޮޅުގެ ތެރެއިން ޤައުމީ މަރުކަޒުން ކަނޑައެޅި ސެންޓަރުތަކަކަށް ދަރިވަރުން ހާޒިރުވެގެންނެވެ. އެއީ ހއ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ހއ. އަތޮޅު މަދަރުސާއާއި، ޖަލާލުއްދީން އިސްކޫލާއި، ހދ. މަކުނުދޫ އިސްކޫލެވެ.

މަޒުމޫނު ލިޔުމުގެ ތިންވަނަ ޒޯނު މުބާރާތުގެ ތެރެއިން - ދިއްދޫ

މަޒުމޫނު ލިޔުމުގެ ތިންވަނަ ޒޯނު މުބާރާތުގެ ތެރެއިން - ހޯރަފުށި

މަޒުމޫނު ލިޔުމުގެ ތިންވަނަ ޒޯނު މުބާރާތުގެ ތެރެއިން - ކުޅުދުއްފުށި