ޝަހީދުންގެ ދުވަސް 2008


ދުވަހާގުޅޭގޮތުން އޮނަރަބްލް އަލްފާޞިލް މުޙައްމަދު މުޢިއްޒު އަދުނާނު ދެއްވި ތަޤުރީރު


ދުވަހާގުޅޭގޮތުން ނެރުއްވި ސަޕުލިމެންޓު


ޚަބަރު

2008 އޯގަސްޓް 2 (1 ޝަޢުބާން 1429) އަކީ ދިވެހިރާއްޖޭގެ މި އަހަރުގެ ޝަހީދުންގެ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޖަސްޓިސް އޮނަރަބްލް އަލްފާޟިލް މުޙައްމަދު މުޢިއްޒު ޢަދުނާން ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި ތަޤްރީރެއް ދެއްވާނެއެވެ. ދިވެހިރާއްޖޭގެ އަޑުން މި ތަޤްރީރުގެ އަޑު ފަތުރާނީ އެ ދުވަހުގެ ހެނދުނު 7.00 ގެ ޚަބަރުގެ ފަހުގައެވެ. ޓެލެވިޜަން މޯލްޑިވްސް އިން މި ތަޤްރީރު ދުރަށް ދައްކާނީ ހަމަ އެ ދުވަހުގެ ހެނދުނު 10.00 ގެ ޚަބަރުގެ ފަހުގައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ދުވަހު ނޫސް ހަވީރު، އާފަތިސް އަދި މިއަދުގައި ދުވަހާ ގުޅޭ ބަޔާނެއް (ސަޕްލިމެންޓެއް) ޝާއިޢުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިތަޤްރީރާއި ސަޕްލިމެންޓް މިމަރުކަޒުގެ ވެބްސައިޓުގައި ހަމަ އެދުވަހުގެ (1 ޝަޢުބާން 1429، 2 އޯގަސްޓް 2008) ހެނދުނު 7.30 އިން ފެށިގެން ޑައުންލޯޑް ކުރެއްވޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ވޭތުވެދިޔަ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މި ދުވަސް އެ ބޭފުޅަކަށް ނިސްބަތްވާ ޢަލީ ރަސްގެފާނުގެ ޒިޔާރަތަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން ހިމެނެއެވެ. މި ކަން އޮންނާނީ 2008 އޯގަސްޓް 2 ވާ ހޮނިހިރު ދުވަހު ހެނދުނު 9.00 އިން 12.00 އަށް އަދި ހަވީރު 4.00 އިން 6.00 އަށެވެ. ޢަލީ ރަސްގެފާނު ޒިޔާރަތް ހުންނަނީ މާފަންނު ޝަހީދު ޢަލީ ހިނގުމުގައެވެ.

ޝަހީދުންގެ ދުވަހަކީ ދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހެވެ.