ހުރަވީ ދުވަސް 1429 - (7 ޖޫން 2008)


ޚަބަރު - ރާއްޖެތެރޭގައި ހުރަވީ ދުވަސް ފާހަގަކުރުން (10 ޖޫން 2008)

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ހުރަވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖެތެރޭގެ އެކި ރަށްރަށުގައިވެސް ތަފާތު ޙަރަކާތްތައް ވަނީ ހިންގިފައެވެ. މިކަމާބެހޭގޮތުން މިހާތަނަށް އެކިއެކި އަތޮޅުތަކުގައި ހިންގިފައިވާ ޙަރަކާތްތައް ތިރީގައި އެވަނީއެވެ.







ޚަބަރު (6 ޖޫން 2008)

2008 ޖޫން 7 ވަނަ ދުވަހަކީ މިއަހަރުގެ ހުރަވީ ދުވަހެވެ. ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުވަހު ނޫސް ހަވީރު، އާފަތިސް، އަދި މިއަދުގައި މިމަރުކަޒުގެ ފަރާތުން ތައްޔާރުކޮށްފައިވާ ސަޕްލިމެންޓެއް ހިމެނުމާއި ދުވަހާއި ގުޅޭ ގޮތުން ޓެލެވިޜަން މޯލްޑިވްސްއާއި ދިވެހިރާއްޖޭގެ އަޑުން ތަޢުލީމާބެހޭ ޤައުމީ މަޖްލިސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރ އޮނަރަބްލް އަލްފާޟިލާ ރާޝިދާ ޔޫސުފްގެ ތަޤުރީރެއް ފޮނުވާގޮތަށްވަނީ ހަމަޖެހިފައެވެ. ޓެލެވިޜަން މޯލްޑިވްސްއިން ތަޤުރީރު ފޮނުވާނީ ޖޫން 7 ވަނަ ދުވަހުގެ ހެނދުނު 10.00 ގެ ޚަބަރުގެ ފަހުގައެވެ. ދިވެހިރާއްޖޭގެ އަޑުން ތަޤްރީރު ފޮނުވާނީ އެދުވަހުގެ ހެނދުނު 7 ގެ ޚަބަރަށް ފަހުގައެވެ. މިތަޤްރީރާއި މަރުކަޒުން ނެރޭ ސަޕްލިމެންޓް މިމަރުކަޒުގެ ވެބްސައިޓުގައި އެދުވަހު ޝާއިޢުކުރެވޭނެއެވެ.

ހުރަވީ ދުވަހަކީ ފާތިޙުންގެ ފަތަޙަތަކުގެ ހަނދާން އާ ކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ. މިދުވަސް ނިސްބަތްވަނީ ދޮންބަންޑާރައިންނަށެވެ. އެއީ ހޮޅިންގެ އަތްދަށުން އެމަނިކުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ. އެއީ 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރު މަހުގެ 3 ވަނަ ދުވަހުއެވެ.

ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން 1400 ވަނަ އަހަރުން ފެށިގެންނެވެ.