މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހުގެ ސެޓުފިކެޓު 24 ފަރާތަކުން ހާސިލުކޮށްފި


މި މަރުކަޒުގެ ފަރާތުން އޮފީސްތަކަށާއި އެހެނިހެން ދާއިރާތަކަށް ހިންގޭ ދިވެހި ބަހުގެ ކޯސްތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މި މަރުކަޒާ ގުޅިގެން މިއަހަރުގެ އޭޕްރީލް 1 ން 22 ން ހިންގި ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހުގެ ބައިވެރީންނަށް ސެޓުފިކެޓު ދިނުމުގެ ރަސްމިއްޔާތު 2008 މެއި 4 ވީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 ގައި ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ބާއްވައިފިއެވެ.

މި ރަސްމިއްޔަތު ޝަރަފުވެރިކޮށްދެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމެވެ. މި ކޯހުގައި ބައިވެރިވި 25 ބައިވެރީންގެ ތެރެއިން 24 ބައިވެރިން، ފާސްވެ ސެޓުފިކެޓު ހާސިލު ކުރިއެވެ.

ކޯހުގައި އިރުޝާދު ދެއްވީ: އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި އަލްފާޟިލް މުޙައްމަދު މުސްޠަފާ ޙުސައިން އިބްރާހީމެވެ.

މީގެ އިތުރުން ރިސޯސް ބޭފުޅުންގެ ގޮތުގައި އަލްފާޟިލް ޢައްބާސް އިބްރާހީމާއި އަލްފާޟިލް ޢަބްދުﷲ ޞާދިޤު ވަޑައިގެންނެވިއެވެ.

މި ކޯސް ހިންގުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިފައިވެއެވެ.


ރަސްމިއްޔާތުގެ ތެރެއިން