އެންވަޔަރަންމަންޓް ރިސާރޗު ސެންޓަރުގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ފެށިއްޖެ


މި މަރުކަޒުގެ ފަރާތުން އޮފީސްތަކަށާއި އެހެނިހެން ދާއިރާތަކަށް ހިންގޭ ދިވެހި ބަހުގެ ކޯސްތަކުގެ ތެރެއިން އެންވަޔަރަންމަންޓު ރިސާރޗު ސެންޓަރާއި މި މަރުކަޒާ ގުޅިގެން މި މެއި މަހުގެ 1 ން ފެށިގެން އެންވަޔަރަންމަންޓް ރިސާރޗު ސެންޓަރުގެ މުވައްޒަފުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ފެށިގެން މިހާރު ކުރިއަށް އެބަދެއެވެ.

މި ކޯހުގައި އިރުޝާދު ދެއްވާނީ އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރާއި އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމާއި އަލްފާޟިލް މުޙައްމަދު މުސްޠަފާ ޙުސައިން އިބްރާހީމެވެ.

އަދި ރިސޯސް ބޭފުޅެއްގެ ގޮތުގައި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ހިންގެވުމާ ޙަވާލުވެ ހުންނެވި ދަޢުލަތުގެ މިނިސްޓަރ އޮނަރަބަލް އަލްފާޟިލް ޢައްބާސް އިބްރާހީމް ތަޤުރީރު ކުރެއްވިއެވެ.